ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު
ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ވިލުންތެރި ފަތިހަކަށް ޤައުމު ގެންދެވުނީ، މާތްﷲ މި ޤައުމަށް މިންވަރުކުރައްވާފައިވާ އިސްލާމީ ހިދާޔަތުގެ ނޫރުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެމަނިކުފާނު މިހެން ވިދާޅުވީ، ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރި "ވިލުންތެރި 20" މަޢުރަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.

އެގޮތުން ނައިބުރައީސް ވިދާޅުވީ ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ވިލުންތެރި ފަތިހަކަށް ޤައުމު ގެންދެވުނީ، މާތްﷲ މި ޤައުމަށް މިންވަރު ކުރަށްވާފައިވާ އިސްލާމީ ހިދާޔަތުގެ ނޫރުގެ ސަބަބުން ކަމަށެވެ.

ހަމައެއާއެކު ނައިބުރައީސް ވަނީ ސުނާމީ ކާރިސާގެ ވަގުތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ހަނދާން އާކުރައްވައި، ސަލާމަތީ ބާރުތަކާއި، ދަރުމަވެރިންނާއި، ޢާންމު ރައްޔިތުން، އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ނެރެ، ޤައުމީ ޚިދުމަތުގައި ވެދެއްވި ޤުރުބާނީގެ އަގު ވަޒަންކުރަށްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ކާރިސާއާއެކު އުފަންވި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އޭގެއިތުރުން ނައިބުރައީސް ވިދާޅުވީ އަލަށް އެކުލަވާލި ދިވެހިރާއްޖޭގެ "ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު" މި ވެރިކަމުގެ ޅަފަތުގައި އެކުލަވާލެވުމުން ދައްކުވައިދެނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ކާރިސީ ހިރާސް ކުޑަކުރުމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށެވެ.

ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމު ކޮށްފައިވާ މި މަޢުރަޒު ކުރިއަށްދަނީ، ނޭޝަނަލް އާޓް ގެލެރީގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަންގާރަ ދުވަހު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކޮށްފައިވާ "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ގެ ފޮތް އިފުތިތާޙު ކޮށްދެއްވާފައެވެ.

އެއަށްފަހު، އެމަނިކުފާނު މަޢުރަޒު ބައްލަވާލައްވައި،"ފަނޑުވުމެއް ނެތް ހަނދާންތައް" ސެގްމެންޓްގައި ސުނާމީއާ ގުޅޭ ޚާއްޞަ މެސެޖެއް، ލިޔުއްވިއެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން، ޑިސެންބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު 09:23 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން