ޑރ. މަރިޔަމް މާރިޔާ
ޑރ. މަރިޔަމް މާރިޔާ
އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް ޑރ. މަރިޔަމް މާރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ އެކަމަނާއަކީ އަންހެނަކަށް ވުމުން ކަމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި މާރިޔާ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް ރައީސް މުއިއްޒު އިއްޔެ އައްޔަނުކުރެއްވީ ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައެވެ.

ނަމަވެސް އޭގެ ކުރިންވެސް އެގްރިކަލްޗާ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ މާރިޔާއާ އެވެ،

މައުލޫމާތު ލިބިފައިވާ ގޮތުގައި މާރިޔާއަކީ ތައުލީމީ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަނީސާ އަހުމަދު ވެސް އެކަން ފާހަަގަކުރައްވައި ފޭސްބުކުގްގައި ވިދާޅުވީ ތައުލީމީ ދާއިރާއިން މަތީތަޢުލީމާއި ގިނަތަޖުރިބާ ހާސިލުކުރައްވައިގެން ހުންނެވި މާާރިޔާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގަވަމުން ގެންދަވަނިކޮށް ކުއްލިއަކަށް އެގްރިކަލްޗާ މިނިސްޓްރީއަށް ބަަދަލުކުރުމުން ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ،

އެހެން ނަމަވެސް އެކަމާމެދު ވިސްނާލެއްވުމުން އޭގެ ސަބަބުތައް ދެނެގަނެވުނު ކަަމަށް އެކަމަނާ ވިދާޅުވި އެވެ.

"ގެދޮރުވެރިކަމާއި ބިމާ ބެހޭ ވުޒާރާއާއި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާ އެއްކޮށްލުމުން ޕޯޓުފޯލިއޯ ނެތިގެންދިޔައީ ފިރިހެން ވަޒީރެއްގެ ކަމަށްވެފައި، ހުސްކޮށް ހުރީ ދިރޭތަކެއްޗާބެހޭ ވުޒާރާކަމުން އެޕޯޓުފޯލިއޯ ފިރިހެނަކާ ހަވާލުކޮށްފިނަމަ ފިރިހެނެއްގެ ދަރަޖައާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެތީ އަންހެނަކާ ހަވާލުކުރީއެވެ." ހޯޕް ފޯ ވިމެންގެ ނަމުގައި ޖަމިއްޔާއެއްވެސް ހިންގަވަމުން ގެންދަވާ އަނީސާ ވިދާޅުވި އެވެ.

އަނީސާ އިތުރަށް ވިދާޅުވީ އަޑަށް ބާރުލާފައި އަންހެނުން ބާރުވެރިކުރާވާހަކަ ތާއަބަދު އެންމެންވެގެން ދެއްކިނަމަވެސް ނަތީޖާނެރެވޭނީ އަމަލީގޮތުން ކަންތައްތަކެއް ކޮށްގެން ކަން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ގެނައި ބަދަލަކީ ނޭދެވޭ ތަފާތުކުރުމެއް ނޫނޭ ކޮންމެ މީހަކު ބުންޏަސް އެކަން ގަބޫލު ކުރެއްވެން ނެތް ކަމަށް އަނީސާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން