އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުން އެ ފަރާތްތައް ރައްކާތެރިކޮށް، އަނިޔާ ލިބޭ މީހުންނަށް އިންސާފު ކަށަވަރުކޮށްދިނުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ދުވަހާ ގުޅިގެން "އެކްސް" ގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަނިޔާކުރާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވުމަށާއި، އަދި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލުމަށް މި ސަރުކާރުން ހަރުދަނާ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އަދި ޚާއްސަ ޕްރޮގްރާމްތައް ތަންފީޒުކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން، ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެފަދަ އަނިޔާތައް ލިބޭ ފަރާތްތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ "ޝެލްޓަރ" ތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އަނިޔާ ލިބޭ ކޮންމެ މީހަކަށްމެ ކަރާމާތާއި، އިންސާފު އަދި އަވަސް ފިޔަވަޅުތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި، އެންމެ އިސް ސަފުގައި މަސައްކަތްކުރާ ޚިދުމަތްތެރިންނާއި، ތަންފީޒީ އިދާރާތަކާއި ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަނިޔާ ހުއްޓުވުމަކީ އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަންތައް ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަންހެނުން ބާރުވެރިކުރުވައި، އެކަނބަލުންގެ ހައްޤުތަކާއި ފުރިހަމަ ޤާބިލުކަން ބޭނުންކުރުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދާނެއެވެ.
ޕޯސްޓު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކު ވެސް އެއްވެސް ބިރުވެރިކަމެއް ނެތި، އަދި ހުރިހާ ބާވަތެއްގެ އަނިޔާއިން ސަލާމަތްވެ ރައްކާތެރިކަމާއެކު ދިރިއުޅޭނެ ޤައުމަކާއި ދުނިޔެއެއް ބިނާކުރުމަށް އެންމެން އެކަތިގަނޑަކަށް ވެ މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު