ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުމާއި، ޝަރުޢީ ދާއިރާގެ އިދާރީ އަދި މާލީ ހިންގުން ހަރުދަނާކުރުމަށްޓަކައި ކޯޓުތަކުގެ ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް އެކުލެވިގެންވާ ގޮތާއި، އެ ތަންތަނުގެ އިޚްތިޞާޞް އަދި އިސް މަޤާމުތަކުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކޮށް ހަރުދަނާކުރުމެވެ. އަދި ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.
ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ހައިކޯޓުގެ ބެންޗު ބޮޑުކުރުމުގެ އިތުރުން، ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތުން އެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމާއި، މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި ޤާއިމުވެ ހުންނަ ފަނޑިޔާރު އެ ރަށެއްގެ ކޯޓުގައި މަސައްކަތްކުރަން ލާޒިމުކުރުން ހިމެނެއެވެ. އަދި ޝަރުޢީ ދާއިރާގެ އާންމު އިދާރީ ކަންކަން ރާވައި ހިންގުމަށްޓަކައި "ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ވަކި އޮފީހެއް ޤާއިމުކޮށް، އެ ތަން ހިންގުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ޢައްޔަންކުރުމާއި އޭނާގެ ޒިންމާތައް ކަނޑައެޅުން ވެސް މި ބިލުގައި ހިމެނެއެވެ.
މީގެއިތުރުން، ކޯޓުތަކުގެ ރަޖިސްޓްރާރުންނާއި އިސް ޤާޟީންނާއި އިސް މެޖިސްޓްރޭޓުންގެ މަސްއޫލިއްޔަތުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުޞޫލުތައް އެކަށައެޅުމަށް ވަނީ ހުށަހަޅާފައެވެ. އަދި ކޯޓުތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ދޫކުރާނެ އެންމެ ދަށް އިންސައްތަ ކަނޑައެޅުމުގެ އިތުރުން، ކޯޓުތަކުގެ ސިޔާސަތުތަކާއި ގަވާއިދުތައް އެއްގޮތްކުރުމަށް "ޖުޑީޝަލް ކައުންސިލް" އެކުލަވާލުން ވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލުގައިވާ އަނެއް މުހިންމު ބަދަލަކީ، އިސްތިއުނާފު މައްސަލަތަކުގެ ލިޔެކިޔުންތައް ހައިކޯޓަށް ފޮނުވުމުގައި މިހާރު އޮންނަ މުއްދަތުތަކަށް ގެނައި ބަދަލެވެ. އެގޮތުން މިހާރު ޢަމަލުކުރާ ޤާނޫނުގައި މާލޭގެ ކޯޓުތަކަށް 7 ދުވަސް އަދި އަތޮޅުތަކުގެ ކޯޓުތަކަށް 30 ދުވަސް ދީފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހުރިހާ ދަށު ކޯޓަކުން ވެސް 14 ދުވަހުގެ ތެރޭގައި އެ ލިޔެކިޔުންތައް ހައިކޯޓަށް ފޮނުވަން ލާޒިމުވާނެއެވެ. ހަމައެހެންމެ، ޤާނޫނަކުން ސިއްރުކުރަން ކަނޑަނާޅާ ހުރިހާ ހިނދަކު، ހައިކޯޓުގެ ހުރިހާ ޝަރީޢަތްތަކެއް ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަންޖެހޭނެ ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު