އިންޑިއާގެ ކޮޗިންއިން ފުރައިގެން ރާއްޖެ އައި ފަތުރުވެރި ކުރޫޒް ލައިނަރ އެއް ކަމަށްވާ "އެމްއެސް ކޯޑެލިއާ އެމްޕްރެސް" އިން ދަތުރުކުރި 1,628 ފަސިންޖަރުންނާއި 588 ފަޅުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން ކްލިއަރެންސް ދީފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ މާލެ ބަނދަރުކުރި މި ކުރޫޒް ލައިނަރުން އައި ޖުމްލަ 2,216 މީހުންނަށް އެން-ރޫޓް ކްލިއަރެންސް ފޯރުކޮށްދީފައިވަނީ އެ އިދާރާގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުންނެވެ.
މިއީ ކަނޑުމަގުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވީހާވެސް އަވަސް އަދި ފަސޭހަ ޚިދުމަތެއް ދިނުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ފޯރުކޮށްދީފައިވާ ޚިދުމަތެކެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ފަތުރުވެރިކަމުގެ މިއަހަރުގެ ޕީކް ސީޒަން ފެށުނު ފަހުން ރާއްޖެ އައި ފުރަތަމަ ކުރޫޒް ލައިނަރ އެވެ.
މި ދަތުރުގައި ބޯޓުން އައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ މާލެ ފައިބައި، މާލޭގެ ތާރީޚީ ތަންތަނާއި ލޯކަލް މާރުކޭޓު ފަދަ ތަންތަނަށް ޒިޔާރަތްކޮށްފައެވެ.
މިފަދަ ކުރޫޒް ލައިނަރުތައް ރާއްޖެ އައުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ވިޔަފާރިތަކަށާއި ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާކަން ފާހަގަކުރެވެއެވެ.
މާޔާގެ ތާވަލު ދައްކާގޮތުން، ކުރިއަށް އޮތް ކުރޫޒް ސީޒަންގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 34 ކުރޫޒް ލައިނަރ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު