ރާއްޖޭގައި ޗުއްޓީ ހޭދަކުރަށްވަމުން ގެންދެވި ޖަޕާނުގެ މަޖިލިސް މެމްބަރަކު އަވަހާރަވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ ޅ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާނުގެ 70 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ސްނޯކްލިންްއަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި ވާކަމަށެވެ.
އަދި އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 8:33 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޖަޕާނުގެ ވެރިކަން ކުރާ ޕާޓީއާ ހަވާލާދީ، އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ، ރާއްޖޭގައި އަވަހާރަވީ 2016 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ މަޖިލިސް މެންބަރުކަން ކުރަށްވާ ޓޮޝިޔުކި އަޑާޗި ކަމަށެވެ.
ޓޮޝިޔުކި އަޑާޗި އަކީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީ އޮން ލޭންޑް އެންޑް ޓްރާންސްޕޯޓްގެ ޑިރެކްޓަރުކަމާއި ސްޕެޝަލް ކޮމިޓީ އޮން ޑިޒާސްޓާގެ ޑިރެކްޓަރުގެ މަޤާމް އަދާކުރަށްވާ ފަރާތެވެ.
ފުލުހުން ބުނީ އޭނާގެ މަރުގެ މައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު