ކުޑަކުދިންނަށް ތަފާތު އެކިކަހަލަަ މަސައްކަތްތައް އެންމެ ކުޑައިރުއްސުރެވެސް ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މިއީ އެކުދިން ދިރިއުޅުމުގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. ތިރީގައި މި ހިމަނާލަނީ ފުރާވަރަށް ދިއުމުގެ ކުރިން ދަރިންނަށް ދަސްކޮށްދޭން ޖެހޭ މުހިންމު ބައެއް ކަންކަމެވެ.
ދިރިއުޅޭ ތަން ސާފު ކުރުން
މިއީ ކޮންމެ ކުއްޖަކަށްވެސް ފުރާވަރަށް ދިއުމުގެ ކުރިން ދަސްކޮށްދޭން ޖެހޭ ކަމެކެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ޒިންމާދާރުވާން ދަސްވެއެވެ. އަދި މިގޮތަށް ދަސްކޮށްދީފައިވާނަމަ އެކުދިންގެ މައްޗަށް ޒިންމާތަކެއް ވާކަން އެނގި، އަމިއްލައަށް ގޭތެރޭގެ ތަންތަން ހަޑިވެފައި ހުންނަ އިރު ސާފު ކުރަން އަމިއްލަ އަށް ބޭނުންވެސް ވެއެވެ.
ކެއްކުން
ފުރާވަރަށް ދާއިރު ކޮންމެ ކުއްޖަކަށްވެސް ކައްކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އެ އުމުރަށް ދާއިރު ފަސޭހަކަމާއެކު ތައްޔާރު ކުރެވޭ ކާނާގެ ބާތަތްތައް ކައްކަން އެކުދިންނަށް ދަސްކޮށްދިނުމަކީ ކޮންމެ މަންމައެއްގެވެސް ޒިންމާއެކެވެ. މިކަމުގެ ސަބަބުން އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ، އަމިއްލައަށް ދިރިއުޅެން ދަސްވެއެވެ.
ފައިސާ ބެލެހެއްޓުން
ކޮންމެ ކުއްޖަކަށްވެސް އެންމެ ކުޑައިރުއްސުރެ ފައިސާގެ މުހިންމުކަމާއި ފައިސާ ބަލަހައްޓަން ޖެހޭ ގޮތް ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެކުދިންނަށް މަހެއްގެ މައްޗަށް ފައިސާ ބޭނުން ކުރެވޭނެ ވަރުގެ ބަޖެޓެއް ހަދައި، ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރަން ދަސްކޮށްދޭން ޖެހެއެވެ. އަދި ފަހަށް ރައްކާ ކުރަންވެސް ދަސްކޮށްދޭން ވަރަށް މުހިންމެވެ. މިހެން ހެދުމުން ކުޑައިރުއްސުރެ ފައިސާގެ މުހިންމުކަން ދަސްވެ، ބޭކާރު ހަރަދުތަކާ ދުރުވެ ފައިސާ ރައްކާކުރަން ކޮންމެ ކުއްޖަކަށްވެސް ދަސްވެއެވެ.
ފުރާވަރަށް ދިއުމުގެ ކުރިން ކުދިންނަށް މިކަންތައް ދަސްކޮށްދީފައިވާނަމަ އެކުދިން ބޮޑުވެ، ދިރިއުޅުމުގެ މައިދާނަށް ނިކުންނައިރު އެކުދިންނަށް ވަރަށް ފަސޭހަ ވެގެން ދެއެވެ. އަދި އެއްވެސް މީހެއްގެ އެހީއާ ނުލާ އަމިއްލައަށް ދިރިއުޅެންވެސް އެކުދިންނަށް އެނގޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު