ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު އެކްސިޑެންޓެއް ހިނގީ ޑްރައިވަރަށް ސިއްހީ ހާލަތެއް ކުރިމަތިވެގެން ކަމަށް އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް ކުންފުނިން ބުނެފި އެވެ.
ވީއައިއޭގައި މިއަދު ހެނދުނު 10 ޖެހިއިރު އެކްސިޑެންޓް ހިނގީ ޕިކަޕަކާއި ޓެކްސީއެއް ޖެހިގެން ނެވެ.
އެކަމާ ގުޅޭ ގޮތުން ވީއައިއޭއިން އެކްސްގައި މިއަދު ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވިފައިވާ ކަމަށެވެ.
އަދި އެ ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާކަމަށް ވެސް ބުނެފައި ވެއެވެ.
އެ ހާދިސާގައި ޓެކްސީ ޑްރައިވަރަށް ލިބުނު ގެއްލުން ސާފެއް ނުވެއެވެ. ނަމަަވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުން ޓެކްސީގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު