އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އިއްޔެއެވެ.
ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ސްޓެލްކޯގެ ކުރީގެ މެނޭޖުމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ދިނުމަށް ސެޕްޓެމްބަރު، 2023 ގައި އެއްބަސްވުމެއްގައި ސޮއިކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ވަނީ ގެނެސްފަ އެވެ.
އެގޮތުން މަޖިލީހަށް ހުށައެޅި މައްސަލާގައިވަނީ ސެޓްލްމަންޓް އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ޝަރީފު ސޮއި ކުރެއްވީ، ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ އެންގުމާ ހިލާފަށް އަދި ސްޓެލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށެވެ.
އަދި އެއީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އޮޅުވާލައިގެން ހިންގާފައިވާ ކަމެއްކަމަށް ގަބޫލު ކުރެވޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސްޓެލްކޯ އިން އޭސީސީގައި މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު