ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު (މ)
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު (މ)
ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް ސްކޫލްތަކުގެ އިތުރު ޙަރަކާތްތައް ހިންގުމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންފައިވަނީ ސްކޫލްތަކުގެ އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމް ކުރާގޮތުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް އިތުރު ހަރަކާތްތައް އިންތިޒާމް ކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

“އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިންހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންއަށް ފަހިވާން ޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް ކޮމިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެބޭފުޅުންނަށް ވޭނަކަށް މިކަންވާން ނުޖެހޭނެކަމަށް.” ޑރ. ޝަފީޢު ވިދާޅުވިއެވެ.

އޭގެ އިތުރުން ވަޒީރު ވަނީ ދަރިވަރުންނާއި ބެހޭގޮތުން ނިންމާ ކޮންމެ ކަމެއްގައި އެންމެ ބޮޑު އިސްކަމެއްދީ ވިސްނަންވާނީ ދަރިވަރުންނަށްކަމަށްވެސް ވިދާޅުވެފައެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޖަމްޢިއްޔާތަކާއި، ކައުންސިލްތަކާއި، ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުން ހިމެނޭ ގޮތުން 92 ބައިވެރިން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން