ގަނާ ކުރުން ނުވަތަ ބުލީ ކުރުމަކީ މިހާރު އަޅުގަނޑުމެންގެ މުޖްތަމައުގައި ވަރަށް އާންމު ކަމެކެވެ. ސްކޫލުތަކުގައި އާއި ސޯޝަލް މީޑިއާ ޕްލެޓްގޯމުތަކުގެ ޒަރިއްޔާއިން ގަނާ ކުރާ ވަރު ދަނީ ދުވަހުން ދުވަހަށަ އިތުރު ވަމުންނެވެ. މިކަމުގެ ސަބަބުން މިކަމުގެ ޝިކާރައަށް ވާ ކުދިންނަށް ނަފްސާނީ ގޮތުން ވަރަށް އަސަރު ކުރެއެވެ.
މިފަހަރު މި ހިމަނާލަނީ ދަރިން ގަނާގެ ޝިކާރައަކަށް ވެފައިވޭތޯ ދެނެގަނެވޭނެ ގޮތްތަކެވެ.
ކުޑަކުދިންނަށް ގަނާ ކުރުމަކީ ކޮބައިކަން ވިސްނާދިނުން
ގަނާގެ ޝިކާރައަކަށް ވާ ކުދިންނަށް އެހީވާން ބޭނުންވާނަމަ އެކުދިންނަށް ގަނާ ކުރުމަކީ ކޮބައިކަން އަދި އެއީ ކިހާ ނުބައި ކަމެއް ކަން ވިސްނައިދިނުމަކީ ވަރަށް މުހިންމު ކަމެކެެވެ. މިއީ ކޮން ކަމެއް ކަން އެނގުމުން އެކުދިންނަށް މައިންބަފައިން ގާތު އެވާހަކަ ހިއްސާ ކުރަން ފަސޭހަވެއެވެ. އަދި އޭގެ ސަބަބުން އެކުދިންނަށް ލިބެންޖެހޭ އެހީވެސް ފަސޭހަކަމާއެކު ލިބެއެވެ.
ދުވަސް ދިޔަ ގޮތާ މެދު ސުވާލުކުރުން
ދަރިން ސްކޫލުން ގެއަށް އައުމުން އެކުދިންގެ ދުވަސް ކުރިއަށް ދިޔަ ގޮތާ މެދު ސުވާލު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިހެން ހެދުމުން އެކުދިންނަށް ދިމާވާ ކަންކަމުގެ ވާހަކަ ފަސޭހަކަމާއެކު ހިއްސާ ކުރާނެއެވެ. އަދި އެކުދިން ގަނާގެ ޝިކާރައަކަށް ވެފައިވާނަމަ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކުދިންނަށް އެހީހޯދައިދޭނެ ފުރުސަތުވެސް ލިބޭނެއެވެ.
އުޅުމަށް އަންނަ ބަދަލުތައް ބެލުން
ދަރިން ގަނާގެ ޝިކާރައަކަށް ވެފައިވާނަމަ އެކުދިންގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފެންނާނެއެވެ. ވީމާ އެކުދިންގެ އުޅުމަށް އަންނަ ކުއްލި ބަދަލުތައް ދެނެގަނެ އެކަމުގެ ހަގީގަތް ބެލުމަކީ ވަރަށް މުހިންމު ކަަމެކެވެ. އަދި އެކުދިންނާ ވާހަކަ ދައްކައި އެކުދިންނަށް އެކަންކަމުން އަރައިގަތުމަށް އެހީވެދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު