ގައްދޫ އައިސް ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އައިސް ދޫކުރަން ފަށާފައިވާ ކަމަށް މިފްކޯގެ ޖެނެރަލް މެނޭޖާރ އޮފް ޓެކްނިކަލް އެންޑު ޕްރޮޖެކްޓްސް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
މިފްކޯއިން އިއްޔެ ބުނެފައިވަނީ އައިސް ލިބުން ދަތިވެފައިވަނީ ޕްލާންޓުތަކަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ގައްދޫގައި އައިސް އުފެއްދުން ހުއްޓިފައިވަނީ ޕްލާންޓުގެ ކޮންޑެންސަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
ނަމަވެސް މިހާރު އިންޖިނިއަރުންގެ ޓީމަކުން މި މައްސަލަ ހައްލު ކޮށްފައިވާ ކަމަށާއި، އައިސް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މަސްވެެރިކަމުގެ ސީޒަނުގައި އައިސް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މަސްވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު