ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް
މިއަހަރުގެ ޝަހީދުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މީސްމީޑީއާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޝަހީދުންގެ ދުވަހަކީ 1 ޝަޢުބާން ކަމަށެވެ. އަދި މި ދުވަސް މި އަހަރު ދިމާވަނީ މި ޖަނަވަރީ މަހުގެ 31ވަނަ ދުވަހާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

“މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ހަރަކާތްތަކެއް ރޭވެމުން އެބަ ދޭ.” ވަޒީރު ވިދާޅުވެފައިވެއެވެ.



ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. "ޝަހީދުންގެ ދުވަސް" ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރަށްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލު އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.

އަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ ހިޖްރީ ސަނަތުން ނުވަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އައި ޕޯޗުގީޒް މީހުންނާ ހަނގުރާމަ ކުރައްވަން ހުންނަވަނިކޮށް، މާލޭ ހުޅަނގުފަރާތު އަތިރިމަތީގައި ކަމަށް ތާރީޚީ ލިޔުންތަކުގައިވެއެވެ.

ބުނެވޭ ގޮތުގައި ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެދިޔައީ އަލިރަސްގެފާނު ޝަހީދުވެވަޑައިގަތުމަށްފަހުއެވެ. ޢަލިރަސްގެފާނު ފަސްދާނުލެވުނު ކަމަށް ތާރީޙުގައި ބުނަނީ އަވަހާރަވެގެން ވެއްޓިވަޑައިގަތް ތަނުގައެވެ. މަޝްހޫރު ޢަލިރަސްގެފާނު ޒިޔާރަތް ހުންނަނީ އެތަނުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން