މަޝްއަރު ކުންފުނީގެ ވެރިޔާ ކ.މާލެ މ. ހަވީރީފިނި ޢަލީ ފާރިޝް
މަޝްއަރު ކުންފުނީގެ ވެރިޔާ ކ.މާލެ މ. ހަވީރީފިނި ޢަލީ ފާރިޝް
މިދިޔަ އަހަރު ޢުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ 5 ލައްކަ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލާގައި މަޝްއަރް ގްރޫޕްގެ ވެރިޔާ ފާރިޝް އާއި 3 ކުންފުންޏަކަށް ދަޢުވާކޮށް ދިނުމަށް ޕީޖީ އޮފީހުގައި ފުލުހުން އެދިއްޖެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ.

އެމައްސަލާގައި ފުލުހުން މިއަދު ބުނީ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑުން މިދިޔަ އަހަރު 27 މީހަކު ޢުމްރާއަށް ގެންދާނެ ކަމަށްބުނެ އެމީހުންގެ އަތުން 500000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި އެފައިސާއަށް ޚިޔާނާތްތެރި ވެފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލާގައި ދައުވާކުރުމަށް 19 ޖަނަވަރީ 2025 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

“މި މައްސަލައިގައި ދައުވާކުރަނީ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ ކ.މާލެ މ. ހަވީރީފިނި ޢަލީ ފާރިޝް ގެ މައްޗަށް. މީގެ އިތުރުން އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑާއި ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް ވެސް ދައުވާކޮށް ދިނުމަށް އެދިފައިވާނެ.” ފުލުހުން މިއަދު މީޑިއާއަށް މަޢުލޫމާތު ދީފައިވެއެވެ.

މިދިޔަ އަހަރު މަޝްއަރު ގްރޫޕްގެ ޙަވާލުގައި އުމްރާއަށް ދިޔަ މީހުން މައްކާގައި ތާށިވީ އެ ގްރޫޕަށް ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސް އަށް ރިޓާން ޓިކެޓަށް ވާ ފައިސާ ނުދެއްކުމުންނެވެ.

އެ މައްސަލަ ފެންމަތިވުމުން މަޝްއަރު ގްރޫޕުން ވަނީ އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް އަމިއްލަ އަށް ރިޓާން ޓިކެޓަށް ފައިސާ ދެއްކޭނަމަ ފައިސާ ދެއްކުމަށް އެދިފައެވެ. އަދި އެ ގްރޫޕުން އެ ފައިސާ ފަހުން ރައްދު ކުރާނެ ކަމަށްވެސް ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަލްމަޝްއަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕު 30،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ގުރޫޕުން އެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ އުމްރާވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވުން ކަމަށްވާތީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން