ތިރީސް ދުވަސް ތެރޭ ޓިކްޓޮކްއާ މެދު ގޮތެއް ނިންމަވާނެކަން އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އިއުލާންކުރައްވައިފި އެވެ.
މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގައި ޓިކްޓޮކް ބްލޮކް ކުރުމަށްފަހު 12 ގަޑިއިރަށްފަހު އެ އެޕްގެ ހިދުމަތް ވަނީ ފަށައިފަ އެވެ.
ނަމަވެސް އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ މައްސަލަ އެއްކޮށް ނުނިމޭތީ އެ އެޕްއަށް ވާނެގޮތެއް އަދި ނޭނގެ އެވެ.
ޓްރަމްޕް ވިދާޅުވީ ޓިކްޓޮކްއާ މެދު އެމެރިކާގެ އިންވެސްޓަރުންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އެބަހުރި ކަމަށެވެ.
އަދި ޓިކްޓޮކްގެ މައްސަލައިގައި ގިނަ ބަޔަކާ ވާހަކަވެސް ދައްކާފައިވާ ކަމަށާއި ޓިކްޓޮކް ކުރިއެކޭ އެއްގޮތަށް އެމެރިކާގައި ކުރިއަށް ދާން ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
"ވަރަށް ގިނަ މީހުން އެބަ އަޅުގަނޑާ ވާހަކަ ދައްކާ ޓިކްޓޮކް ގަތުމާ ގުޅޭ ގޮތުން. އެކަމާ ގުޅޭ ގޮތުން 30 ދުވަހުގެ ތެރޭގައި އަޅުގަނޑު ގޮތެއް ނިންމާާނަން" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ނެޝަނަލް ޕަބްލިކް ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުން ޓިކްޓޮކް ގަތުމާ ގުޅޭ ގޮތުން މައިކްރޯސޮފްޓުންވެސް މަޝްވަރާތައް ބޭއްވުމަށް ދަނީ ތައްޔާރުވަމުން ނެވެ.
މަޝްހޫރު ރޮއިޓާސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުން ޓިކްޓޮކް ހިންގާ މައި ކުންފުނި، ބައިޓް ޑާންސްގެ ކުޑަ ހިއްސާއެއް އޮވެ ޓިކްޓޮކްގެ ޑޭޓާ ކަލެކްޝަންގެ ކަންކަން ބެލޭ ގޮތަށް ޑީލެއް ހެދުމަށް ވެސް ޓްރަމްޕް ދަނީ މަސައްކަތް ކުރައްވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު