އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ބޭފުޅުން ގދ. ތިނަދޫ ކައުންސިލަށް ވަދެ ވައްކަން ކުރި ކަމަށް ބުނާ ވާހަކަ އޭސީސީން ދޮގުކޮށްފި އެވެ.
އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަންގެ ޓީމެއް ތިނަދޫ ކައުންސިލް އޮފީހަށް ވަނީ އިއްޔެ އެވެ.
އަދި އޭސީސީއަށް ބޭނުންވާ ލިޔުންތައް ހޯދުމުގެ މަސައްކަތްވެސް އެ ކޮމިޝަނުން ވަނީ ކޮށްފަ އެވެ.
ނަމަވެސް ތިނަދޫ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގައިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ބަލަމުންދާތީ ކައުންސިލްގެ ބައެއް ހިދުމަތްތައް މެދު ކެނޑިފައިވާކަމަށް ވެސް ކައުންސިލުން ބުނެފައި ވެއެވެ.
ނަމަވެސް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ތިނަދޫ ކައުންސިލުން ފަތުރަމުންދަނީ ދޮގު ވާހަަކަތަކެއް ކަމަށާއި އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.
އޭސީސީން ބުނީ ތިނަދޫ ކައުންސިލްގެ އެއްބާރުލުން ނުލިބުނު ނަމަވެސް ހުރިހާ ލިޔުންތަކެއް ގެންދިޔައީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު