ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަނެއްކާވެސް އުވާލާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު އީސީން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދު އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
އެމްއާރްއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ.
ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ އަދަދު ކަމަށްވާ 3،000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، އެމްއާރްއެމް އުވާލަން ނިންމާފައިވަނީ މިިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.
އެމްއާރްއެމް އުވާލަން އީސީން ކުރިންވެސް ނިންމިއެވެ. ނަމަވެސް އެ ނިންމުން ކޯޓުގެ މަރުހަލާއަކަށް ގޮސް ބާތިލުކުރިއެވެ.
ރައީސް މައުމޫން އިސް ދައުރެއް އަދާކުރައްވައިގެން، މިހާތަނަށް ތިން ޕާޓީއެއް އުފައްދަވާފައި ވެއެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެ ޕާޓީގައި ޚިޔާލު ތަފާތުވުން ބޮޑުވެގެން މައުމޫން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް އެ ޕާޓީގައި ވެސް ކޯޅުން ބޮޑުވެގެން އެންމެ ފަހުން އެ ޕާޓީންވެސް މައުމޫން ވަކިވެވަޑައިގެންނެވީއެވެ. އަދި އެންމެ ފަހުން، މައުމޫން އުފެއްދެވީ އެމްއާރުއެމް ނަމަކަށް ކިޔާ ޕާޓީއެކެވެ. އެކަމަކު، އެ ޕާޓީ އަށް ސިޔާސީ މައިދާނުގައި މާ ބޮޑެތި ކުރިއެރުންތަކެއް ނުހޯދުނެވެ.

ކިޔުންތެރިންގެ ހިޔާލު