ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓަރީގެ ޚިދުމަތް ފަށާ ގަޑި އަވަސްކޮށްފިއެވެ.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނީ އެ ހޮސްޕިޓަލުގެ ލެބޯޓަރީގެ ޚިދުމަތް ދޭ ގަޑިއަށް މާދަމާ އިން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި ލެބޯޓަރީގެ ޚިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ފޯރުކޮށް ދެނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.
ހަމައެއާއެކު ކިއު ނަންބަރު ދޫކުރާނީ ހެނދުނު 7:00 އިން ރޭގަނޑު 9:30 އަށް ކަމަށްވެސް ބުނެފައެވެ. ނަމަވެސް އިމަޖެންސީގައި ހަދަން ޖެހޭ ލެބް ޓެސްޓުތައް ހެދުމުގެ ޚިދުމަތް، ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އައިޖީއެމްއެޗްގެ ލެބޯޓަރީގެ ޚިދުމަތް ފަށާ ގަޑި އަވަސްކޮށްފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އިމަޖެންސީ ލެބޯޓްރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ލެބޯޓްރީގެ ޚިދުމަތްދެމުންދާ ގަޑިއަށް ބަދަލު އައުމާއި ގުޅޭ pic.twitter.com/6EZ2trhZQQ
— IGMH (@igmhmv) February 1, 2025
ހަމައެއާއެކު ކިއު ނަންބަރު ދޫކުރާނީ ހެނދުނު 7:00 އިން ރޭގަނޑު 9:30 އަށް ކަމަށްވެސް ބުނެފައެވެ. ނަމަވެސް އިމަޖެންސީގައި ހަދަން ޖެހޭ ލެބް ޓެސްޓުތައް ހެދުމުގެ ޚިދުމަތް، ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އައިޖީއެމްއެޗްގެ ލެބޯޓަރީގެ ޚިދުމަތް ފަށާ ގަޑި އަވަސްކޮށްފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އިމަޖެންސީ ލެބޯޓްރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު