ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް- ގޫގުލް އިމޭޖެސް
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް- ގޫގުލް އިމޭޖެސް
މޯލްޑިވްސް ޑިވަލޮޕްމެންޓު އެލައެންސު (އެމްޑީއޭ) އާއެކު މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރައްވާނަމަ ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒުއާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުއާ ދެމެދު އެކިފަހަރުމަތިން މަޝްވަރާތަކެއް ކުރެވި އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމާ އެއްގޮތައް އަމަލު ކުރުމަށް އައްބާސް ވަނީ ރައީސަށް ގޮވާލައްވާފައެވެ.

އައްބާސް ވިދާޅުވީ އެދުވަހުވެވުނު އެއްބަސްވުމާ އެއްގޮތަށް އެމްޑީއޭގެ ރައީސް އާއި އެމްޑީއޭގެ ފަރާތުން ލިބުނު އެހީތެރިކަމުގެ މަތިން ހަނދުމަ ނެތި އެ އެއްބަސްވުމަށް އަމަލު ނުކުރައްވާނަމަ ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވާން ޖެހިދާނެ ކަމަށެވެ.



މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން އެންމެ ފުރަތަމަ ކޯލިޝަން ހެދީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކުއެވެ. ނަމަވެސް އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި ރިޔާސީ އިންތިހާބުގެ ދެވަބަ ބުރުގައި އެމްޑީއޭއިން ނިންމީ ރައީސް ޑރ. މުއިއްޒަށް ތާއީދު ކުރަންށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން