ލިލީ ކޮލިންސް، އޭނާގެ ފިރިމިހާ އަދި އަލަތު ދަރުފުޅު- ގޫގުލް އިމޭޖެސް
ލިލީ ކޮލިންސް، އޭނާގެ ފިރިމިހާ އަދި އަލަތު ދަރުފުޅު- ގޫގުލް އިމޭޖެސް
މަޝްހޫރި ވެބް ސީރީސް "އެމިލީ އިން ޕެރިސް" ގެ ލީޑު ރޯލު، އެމިލީގެ ކެރެކްޓަރ އިން ފެނިގެންދާ ލިލީ ކޮލިންސް އަށް ދަރިއަކު ލިބިއްޖެއެވެ.

އީޓައިމްސް ނޫހުގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ލިލީ ކޮލިންސް އާއި އޭނާގެ ފިރިމީހާ ޗާލީ މެކްޑޮވެލް އަށް އަލަތު ދަރިފުޅު ލިބި، މައިންބަފައިންނަށް ވެފައިވާ ކަމަށެވެ. އަދި މިކަން ވަނީ މި ދެމަފިރިން އެމީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ހިއްސާ ކޮށްފައެވެ.

އިންސްޓަގްރާމުގައި ހިއްސާ ކުރި ޕޯސްޓެއްގައި ލިލީ ވަނީ އެދެމަފިރިންގެ ދަރިފުޅުގެ ނަންވެސް އާންމު ކޮށްފައެވެ. އެކުއްޖާއަށް ނަން ދެވިފައިވަނީ ޓޯވް ޖޭން މެކްޑޮވެލް ގެ ނަމުންނެވެ.

މިދެމަފިރިނަށް ދަރިއަކު ލިބިފައިވަނީ ސެރޮގޭޓެއް މެދުވެރިކޮށެވެ. އެގޮތުން ލިލީ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އެމީހުންގެ ސަރޮގޭޓަކަށް ވީ އަންހެން މީހާއަށްވެސް ޝުކުރު އަދާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން