ސްކޫލެއްގައި ކިޔަވާ ދަރިވަރެއް
ސްކޫލެއްގައި ކިޔަވާ ދަރިވަރެއް
ދަރިވަރުންގެ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ތަޢުލީމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރެވޭނީ ހަމައެކަނި އެވުޒާރާގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށްވެސް އެ އިޢުލާނުގައިވެއެވެ.

އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުންތަކާއެކު މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ތަޢުލީމާބެހޭ ވުޒާރާގެ އޮންލައިން ޕޯޓަލްއަށް ހުށަހެޅުމަށް އެވުޒާރާއިން އެދިފައިވެއެވެ.

އޭގެ އިތުރުން ކުރިން ސްޓޭޝަނަރީ ވައުޗަރު ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް، 2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ވައުޗަރަށް ތަކެތި ދޫކުރުމަށް އަލުން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށްވެސް ތަޢުލީމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން