ފާއިތުވި ޖަނަވަރީ މަހުގެ ތެރޭގައި ނިސްބަތުން ކޮންނެ ދެދުވަހަކުން އެއްދުވަހު ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާކަން އެ ޚިދުމަތުން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެކަނިވެސް ޖިންސީ ގޯނާގެ 15 މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.

މި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖަނަވަރީ މަހުގެ ތެރޭގައި ފުލުހުންނަށް ޖުމްލަ 752 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 210 މައްސަލަ ހުސްވި މަހު ހުށައަޅާފައި ވެއެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

* – ވައްކަން ކުރުމުގެ 210 މައްސަލަ

* – ޓްރެފިކް އެކްސިޑެންޓު 171 މައްސަލަ

* – މުދަލަށް ގެއްލުން ދިނުމުގެ 51 މައްސަލަ

* – މަކަރާއި ހީލަތް ހެދުން 34 މައްސަލަ

* – ޖިންސީ ގޯނާގެ 15 މައްސަލަ

* – އަނިޔާ ކުރުމުގެ 52 މައްސަލަ

* – ގެވެށި އަނިޔާ 10 މައްސަލަ

* – ފޭރުމުގެ 19 މައްސަލަ

* – ފޯޖް ކުރުމުގެ 7 މައްސަލަ

* – މަސްތުވާތަކެއްޗާ ގުޅޭ 106 މައްސަލަ

* – އެއްޗެހި ގެއްލުމުގެ 77 މައްސަލަ

ކޮންމެ މަހަކުވެސް ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް ނެރޭއިރު ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި އެކްސިޑެންޓުގެ މައްސަލަތައް ވެސް ގިނައެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން