މަންމަ ދަރިފުޅަށް ނަސޭހަތްތެރިވަނީ- ގޫގުލް އިމޭޖެސް
މަންމަ ދަރިފުޅަށް ނަސޭހަތްތެރިވަނީ- ގޫގުލް އިމޭޖެސް
މައިންބަފައިން އަބަދުވެސް ބޭނުންވަނީ އެމީހުންގެ ދަރިންނަށް ހެޔޮ ގޮތް ލިބުމަށެވެ. ދަރިންގެ ދިރިއުޅުން އުޖާލާވުމަށެވެ. މިކަމަށްޓަކައި އަބަދުވެސް ދަރިންނަށް ނަސޭހަތްދީ ހަދައެވެ. އަދި ބައެއް ފަހަރު ރުޅި އައިސް އެއްޗެހިވެސް ބުނެއެވެ. މިގޮތަށް ނުވިސްނާ ބުނެވޭ އެއްޗެހީގެ ސަބަބުން ދަރިންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

ތިރީގައި މި ހިމަނާލަނީ ދަރިންނާ ދިމާއަށް އެއްވެސް ގޮތަކަށް މައިންބަފައިން ބުނެގެން ނުވާނެ ބައެއް ބަސްތަކެވެ.

"ކީއްވެ އަބަދު އެކައްޗެއް ތަކުރާރު ކުރަން މި ޖެހެނީ"

މިއީ އާންމުކޮށް މައިންބަފައިން މާ ބޮޑަށް ވަރުބަލިވެ ނުވަތަ ހިތްހަމަނުޖެހިފައިވާ ވަގުތުތަކުގައި ބުނާ އެއްޗެކެވެ. ނަމަވެސް މިހެން ބުނުމުން އެކުދިންނަށް އެއްޗެއް ވިސްނުމުގެ ބަދަލުގައި އިތުރަށް ހައިރާން ވެއެވެ. ދަރިންނާ ދިމާއަށް މިހެން ބުނާނަމަ އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލެއެވެ. އަދި އެކުދިން އަމިއްލަ ނަފްސާމެދު ޝައްކުކުރާ ވަރު އިތުރު ވެއެވެ.

"އެ އޯކޭ ވާނެ، އެއީ އެވަރު ކަމެއް ނޫން"

އާންމުކޮށް މިހެން މައިންބަފައިން ބުނެ އުޅެނީ ދަރިންނަށް ދިމާވާ އެކި ކަންކަމާމެދު ޝަކުވާ ކުރުމުންނެވެ. މިހެން ބުނާނަމަ އެކުދިންނަށް އެކުދިންގެ ޖަޒުބާތުތަކަކީ އެއްވެސް އެއްޗެއް ނޫންކަން ހީވެއެވެ. އަދި އޭގެ ސަބަބުންވެސް އަމިއްލަ ނަފްސާމެދު ޝައްކުތަކެއް އުފެދެއެވެ.

"އަހަންނާ ވާހަކަ ނުދައްކާ"

މިއީ އާންމުކޮށް މައިންބަފައިން ރުޅި ގަދަވުމުން ދަރިންނާ ދިމާއަށް ބުނާ އެއްޗެކެވެ. މިހެން ބުނާނަމަ އޭގެ ސަބަބުން އެކުދިން މައިންބަފައިން ދެކެ ބިރު ގަނެ، މައިންބަފައިންނާ އެކުދިންނާމެދު އޮންނަ ޖަޒުބާތީ ގުޅުން ހީނަރުވެއެވެ. އަދި އޭގެ ސަބަބުން ދަރިން މައިންބަފައިންނާ ދުރުވެއެވެ.

މައިންބަފައިން ދަރިންނާ ދިމާލަށް މިފަދަ ބަސްތައް ބުނާނަމަ އޭގެ ސަބަބުން އެކުދިންގެ ނަފްސާނީ ސިއްހަތަށް އަސަރުކޮށް، އެކުދިންގެ ހެދިބޮޑުވުމަށްވެސް އަސަރު ކުރެއެވެ. މިފަދަ ނޭދެވޭ ބަސްތައް ބުނުމުގެ ބަދަލުގައި ހިތްވަރުދޭ އަދި ރަނގަޅު ވާހަކަތައް ދަރިންނާ ދެއްކުމަކީ މުހިންމު ކަމެކެވެ.

މަސްދަރު: ޓައިމްސް އޮފް އިންޑިއާ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން