މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއާ ގުޅިގެން މާލޭގެ 24 މަގެއް ބަންދުކުރާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީސް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތައް ހާމަކޮށް ފުލުހުން ބުނީ މާދަމާ ބަންދުކުރަން ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޖުމްހޫރީ މައިދާނުން ފެށިގެން މަޖީދިއްޔާ ސްކޫލާ ހަމައަށް އަމީރު އަޙްމަދު މަގު ހިމެނޭ ކަމަށެވެ. އަދި ސިފައިންގެއިން ފެށިގެން ސޯސަން މަގާ ހަމައަށް މެދުޒިޔާރަތްމަގު ހިމެނޭ ސަރަހައްދުގެ މަގުތަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން، މަޖިލީސް ހުންނަ ސަރަހައްދުގެ ގިނަ މަގުތައް ބަންދުކުރާ ގޮތަށް ވަނީ ނިންމާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ވަގުތާ ދިމާކޮށް މަޖިލިސް ސަރަހައްދުގައި މުޒާހަރާކުރުމަށް ވެސް އިދިކޮޅު އެމްޑީޕީއިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު