ޕެޓާނިޓީ ލީވް (ބައްޕަގެ ޗުއްޓީ) އަކީ ދަރިފުޅު ދުނިޔެއަށް އުފަންވުމާ ގުޅިގެން ބައްޕައިންނަށް ވަޒީފާއިން ދެވޭ ޗުއްޓީއެވެ. މިއީ އަލަށް ދަރިން ލިބޭ އާއިލާތަކަށް ވަރަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ އަލަށް ދަރިން ލިބޭއިރު ޕެޓާނިޓީ ލީވް މުހިންމުވާ ސަބަބުތަކެވެ.

މަންމައަށް އެހީތެރިވާން

ދަރިފުޅު ލިބުމަށްފަހު ފުރަތަމަ މަސްތަކަކީ މަންމައަށް ވަރަށް ބުރަ ދުވަސްތަކެކެވެ. ބައްޕަގެ ޗުއްޓީގެ ސަބަބުން ބައްޕައަށް ގޭގައި ހުރެ މަންމައަށް އެހީތެރިވެވޭނެއެވެ. މިކަމުގެ ސަބަބުން މަންމައަށް އަރާމުކޮށްލުމަށް ވަގުތު ލިބި، ހަށިގަނޑު ރަނގަޅުވުމަށް ފުރުސަތު ލިބޭނެއެވެ.

ދަރިފުޅާ ގުޅުން ބަދަހި ކުރަން

ބައްޕަގެ ޗުއްޓީގެ ސަބަބުން ބައްޕައަށް ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރެވޭނެއެވެ. މިކަމުގެ ސަބަބުން ދަރިފުޅާ ބައްޕައާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދޭނެއެވެ. ދަރިފުޅުގެ ފުރަތަމަ ދުވަސްތަކުގައި ބައްޕަ އެކުގައި ހުރުމަކީ ކުއްޖާގެ ކުރިމަގަށް ވަރަށް މުހިންމު ކަމެކެވެ.

އާއިލީ ގުޅުން ހަރުދަނާ ކުރަން

ބައްޕަގެ ޗުއްޓީގެ ސަބަބުން މުޅި ޢާއިލާއަށް އެކުގައި ވަގުތު ހޭދަކުރެވޭނެއެވެ. މިކަމުގެ ސަބަބުން ޢާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އިތުރުވެގެންދާނެއެވެ.

ނަފްސާނީ ދުޅަހެޔޮކަން

ބައްޕައިންގެ ޗުއްޓީގެ ސަބަބުން ބައްޕައިންނަށް ވަޒީފާގެ ނުފޫޒުން ދުރުވެ ދަރިފުޅާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ބައްޕައިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ މަސައްކަތުގެ ނުފޫޒުން ލިބޭ ނޭދެވޭ އަސަރުތައް ކުޑަވެގެންދާނެއެވެ.

މި ޗުއްޓީގެ ސަބަބުން އާއިލާތަކަށް އެހާ ގިނަ ފައިދާތައް ވާއިރު، ކުންފުނިތަކުންނާއި ސަރުކާރުން ޕެޓާނިޓީ ލީވް ދިނުމަށް އިސްކަންދީ މިކަމަށް ބާރުއަޅަން ޖެހެއެވެ. މިއީ ހަމައެކަނި އަލަށް ދަރިފުޅު ލިބޭ އާއިލާތަކަށް ލިބޭ ފައިދާއެއް ނޫނެވެ. މުޅި މުޖުތަމަޢުއަށްވެސް މީގެ ހެޔޮ އަސަރުކުރާނެ ކަމެކެވެ

މަސްދަރު؛ އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން