ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު
ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު
ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަތުރުވެރިކަން ކުރިއަށްގެންދިއުން މުހިންމުކަމަށް އެންވަޔަރަމަންޓް އަދި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ވަނީ ހުރިހާ ޓޫރިސްޓު ފެސިލިޓީއެއްގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލައްވައިފަ އެވެ.

އެގޮތުން ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމާއި އިއާދަކުރަނިވި ހަަކަތައިގެ ޓާގެޓަށް ވާސިލުވުމަށް މަސައްކަތް ކުރުމާއި ރަށްރަށުގެ ސާފުތާހިރުކަން އިތުރުކުުރުމަށް މަސައްކަތް ކުރުން ވެސް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަދި ރަށްރަށުގައި ފެން އުފެއްދުމަކީ ވެސް ކަރަންޓުގެ ހަރަދު ބޮޑުވާކަމެއް. މި ކަންތައްތައް ކުރާއިރު އިސްރާފުކުރުމުގެ ކަންތައްތައް ކުޑަކުރަން ޖެހޭ. މި ހުރިހާ ކަންތައްތަކެއްވެސް ކުރެވިގެން މި ދަނީ ސަސްޓެއިނަބަލް އޭންގަލަކުން. ސަސްޓެއިނަބަލް އޭންގަލަކުން ޓޫރިޒަމްގެ މާކެޓްގައި ވެސް އެންމެ ބޮޑަށް މި ދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ގޮތަށް ކަންކަން ކުރާ ތަންތަނަށް ފަތުރުވެރިން ދިއުމަކީ ވެސް މިހާރު އާންމުވަމުން އަންނަކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން