މަންމައަކަށް ވުމަކީ އަންހެނެއްގެ ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތުތަކުގެ ތެރެއިން އެއް ވަގުތެވެ. ނަމަވެސް، މަންމައަކަށް ވުމަށްފަހު މަސައްކަތަށް އެނބުރި އައުމަކީ ގިނަ މައިންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ. ދަރިފުޅު ދޫކޮށް ދިއުމާއި، މަސައްކަތުގެ މާހައުލަށް އަލުން އަހުލުވެރިވުމާއި، އަދި ދެ ދިރިއުޅުން ބެލެންސްކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.
އެހެންކަމުން މިފަހަރު މި ހިމަނާލަނީ މަންމައެއްގެ ޒިންމާއާއި ވަޒީފާގެ ޒިންމާތައް ބެލެންސް ކުރެވޭނެ ބައެއް ގޮތްތަކެވެ.
ކުރިއާލައި ރޭވުން
މަސައްކަތަށް އެނބުރި ދިއުމުގެ ކުރިން ދަރިފުޅު ބަލަހައްޓާނެ ގޮތް ރޭވުމުން ވަޒީފާއާއި މަންމައެއްގެ ޒިންމާ ފަސޭހައިން ބެލެންސް ކުރެވޭނެއެވެ. އެއީ ޑޭކެއަރ ސެންޓަރެއް، ނޭނީއެއް، ނުވަތަ އާއިލާގެ މެންބަރެއް ކަމުގައި ވިޔަސް އަވަހަށް އެކަން ނިންމުމަކީ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ތިބާއަށް ހިތްހަމަޖެހުން ލިބި މަސައްކަތަށް ސަމާލުކަންދިނުމަށްވެސް ފަސޭހަވާނެއެވެ.
ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް އިސްކަންދިނުން
ވަޒީފާއަށް އެނބުރި ނިކުތުމަށްފަހު ދަރިފުޅާއެކު ފެންވަރު ރަނގަޅު ވަގުތު ހޭދަކުރުމަށް އިސްކަންދިނުމަކީވެސް މުހިންމު ކަމެކެވެ. މިކަމުން ތިބާއާ ދަރިފުޅާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، އޭގެ ސަބަބުން ދަރިފުޅު ދޫކޮށް ދާންޖެހުމުން ކުރެވޭ ކުށްވެރިވުމުގެ އިހުސާސް ކުޑަކުރެވިދާނެއެވެ.
މަސައްކަތުގެ މާހައުލުގައި ލުއިތަކަށް އެދުން
ވަޒީފާދޭ ފަރާތާ ވާހަކަދައްކައި މަސައްކަތުގެ މާހައުލުގައި ލުއިތަކެއް ވޭތޯ ބަލައި އެކަމަށް އެދުމަކީވެސް މުހިންމު ކަމެކެވެ. މިސާލަކަށް ފްލެކްސިބަލް މަސައްކަތުގެ ގަޑިތަކެއް ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު އޮތްތޯ ބެލިދާނެއެވެ. މިކަމުން ތިބާއަށް މަސައްކަތާއި އާއިލާގެ ޒިންމާތައް ބެލެންސްކުރުމަށް އެހީތެރިވެދޭނެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު