އީލޯން މަސްކު--
އީލޯން މަސްކު--
މަޝްހޫރު ޓިކްޓޮކް އެޕް ގަންނަން އުޅޭ ވާހަކަ ބިލިއަނަރު އީލޯން މަސްކު ދޮގުކޮށްފިއެވެ.

ޓިކްޓޮކްގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާ އިރު މިދިޔަ މަހުގެ 18 ވަނަ ދުވަހު އެމެރިކާގައި ޓިކްޓޮކް ބްލޮކް ކުރުމަށްފަހު 12 ގަޑިއިރަށްފަހު އެ އެޕްގެ ހިދުމަތް ވަނީ ފަށައިފަ އެވެ.

ޓިކްޓޮކް ވިއްކާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކި އަޑު ފެތުރިފައިވާ އިރު އީލޯން މަސްކު ވެސް އެ އެޕް ގަންނަން މަސައްކަތްކުރަމުންދާކަމުގެ އަޑުތަކެއް މި ދޭތެރެއިން ވަރަށް ބޮޑަށް ފެތުރުނެވެ.

ހުދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް މަސްކް ޓިކްޓޮކް ގަންނަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އީލޯން މަސްކް މިހާރު ވަނީ ޓިކްޓޮކް ގަންނަން ބޭނުންނުވާކަން ފާޅުގައި އިއުލާންކޮށްފައެވެ.

"އަޅުގަނޑަކީ ޓިކްޓޮކް ބޭނުންކުރާ މީހެއް ނޫން. އެ މަސައްކަތް ކުރާ ގޮތެއްވެސް ނޭނގޭ. ޓިކްޓޮކް ގަންނަން އެއްވެސް ހަރެދެއްުު ނުކުރަން" މަސްކު ބުންޏެވެ.

މަސްކް ވަނީ 2022 ވަނަ އަހަރު 44 ބިލިއަން ރުފިޔާއަށް ޓުވިޓާވެސް ގަނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން