ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެެރެއިން---
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެެރެއިން---
އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދިނުމުގެ ގޮތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި އެ ބިލުގެ ބަހުސް ނިންމައި މިއަދު ވަނީ އެ ބިލު ބަލައިގަތުމާމެދު ވޯޓަށް އަހައިފަ އެވެ.

އެ ބިލު ބަަލައިގަންނަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 59 މެމްބަރުންގެ ވޯޓާއެކު އެވެ. އަދި އެއާއެކު އެ ބިލު އިތުރަށް ދިރާސާކުރަން މިއަދު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ޒަމީރު ހުށަހެޅުއްވި ބިލުގައި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށާއި ރޯދަމަހުގެ އެލަވަންސް ލިބެން ވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން އަންހެނުންގެ ކޮމިޓީތައް މާލީގޮތުން ބާރުވެރި ކުރުވުމަށް މުހިއްމު އިސްލާޙުތަކެއް އެ ޤާނޫނަށް ވަނީ ހުށައަޅާފައެވެ.

ބިލުގައިވާ ގޮތުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ 5 އިންސައްތަ ޚާއްސަކުރަންޖެހޭނީ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށެވެ. އެގޮތުން، މި އިސްލާހާއެކު އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރުގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަންޖެހޭއިރު، ބާކީ ފައިސާ ހަވާލުކުރަންޖެހޭނީ އެލްޖީއޭއިން ހަދާ ގަވާއިދެއްގެ ތެރެއިންކަމަށް އިޞްލާހުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން