ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް
މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މެޒޯ އަކީ ފަންނާނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ ފަރާތެއް ކަމަށެވެ.

އަދި މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، މަރްހޫމުގެ އާއިލާއަށް ތައުޒިޔާ ރައްދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.



މެޒޯ މުހައްމަދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް، މިއަދުގެ ވަގުތެއްގައެވެ.

މެޒޯއަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާއަށާައި، ލަވަކިޔުންތެރިކަމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެކެވެ. އޭނާ ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އުޑުން ތަރިތައް" "އެޅި މި ކަނޑުމަތި" ފަދަ ލަވަތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން