މާފުށި ޖަލު- ގޫގުލް އިމޭޖެސް
މާފުށި ޖަލު- ގޫގުލް އިމޭޖެސް
ޑްރަގު މައްސަލައަކާ ގުޅިގެން މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިހުރި ބިދޭސީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް އިން ބުނެފައިވަނީ މިއަދު މަރުވީ ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) ކަމަށެވެ.

އެމީހާ މަރުވީ ކުޅެން ހުއްޓައި ކުއްލި ގޮތަކަށް ވެއްޓުމުގެ ސަބަބުން މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް، މިއަދު ހަވީރު 17:20 ގައި ކަމަށް ކަރެކްޝަނުން ބުނެފައި ވެއެވެ.

ކަރެކްޝަނުން ބުނީ އޭނާ ވެއްޓުމާއެކު، މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދީފައިވާ ކަމަށާއި، 4 މިނެޓު ތެރޭގައި އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މީނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ. އަދި މިއީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ކަމަށްވެސް ކަރެކްޝަނުން ބުނެފައި ވެއެވެ.

ކަރެކްޝަނުން ބުނީ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ މަރުވުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސެސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު އަންގާފައި ވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން