ސިނގިރެޓް އޮޅާ ސާމާނުވެސް އެތެރެކުރަން ގަވައިދަކުން މަނާކޮށްފި އެވެ.
ސިނގިރެޓް އޮޅަން ބޭނުންކުރާ ސާމާނުގެ ތެރޭގައި ފިލްޓަރާއި، މެޝިނާއި ކަރުދާސް ފަދަތެކެތި ހިމެނެ އެވެ.
މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުންކަމަށް ބުނެ އެފަދަ ތަކެތި ހިމެނޭ ޝިޕްމަންޓްތަކެއް ކަސްޓަމްސްއިން ހިފެހެއްޓި އެވެ. އެެހެން ނަމަވެސް އެފަދަ ތަކެތި އެތެރެ ކުރުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތްކަމަށް ބުނެ ކަސްޓަމްސްއިން ފަހުން އެ ޝިޕްމަންޓްތައް ވަނީ ދޫކޮށްލައިފަ އެވެ.
ނަމަވެސް އިއްޔެ ހެލްތު މިނިސްޓްރީން ވަނީ ސިނގިރެޓް އޮޅަން ބޭނުންކުރާ ސާމާނުގެ ވާހަކަ ސީދާ ހިމަނައި އާ ގަވައިދެއް ގެޒެޓްކޮށް އަމަލުކުރަން ފަށައިފަ އެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ނުވަތަ ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ރޯލްކޮށްފައި ހުންނަ ހުސް ޓިޔުބް ނުވަތަ ޕައިޕް (ފިލްޓަރާއެކު ނުވަތަ ފިލްޓަރާ ވަކިން) އާއި ހުސްފޮށްޓާއ،ި އެނޫނަސް އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
ނަމަވެސ،ް ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާއ،ި ރޯލްނުކޮށް ހުންނަ ކަރުދާހާއ،ި ފިލްޓަރާއި ކަރުދާސް އެއްކޮށް ނުވަތަ ވަކިވަކިން ޕެކެޓްކޮށްފައި ހުރިނަމަވެސ،ް 50 )ފަންސާސް( އަށް ވުރެ އަ ދަދު އިތުރުނުވާ ނަމަ އެ ތަކެތި ދޫކުރެވޭނެކަމަށް ގަވައިދުގައި ބުނެފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު