ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ އެންމެ ކުރީ ސަފަށް ނެރެ، އެއްވެސް ފަރާތެއް ބާކީނުކޮށް ޝާމިލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތު ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކާމިޔާބީތަކާއި، އެ ފަރާތްތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި "ރިވެލި އެވޯޑު 2026" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންތެރި ތަޞައްވުރަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރިހާ ގޮތަކުންވެސް ފަހި، އުފާވެރި އަދި ފާގަތި މުސްތަޤުބަލެއް ރާއްޖޭގައި ޤާއިމުކޮށްދެއްވުން ކަމަށެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ އެއްވެސް އެހީތެރިކަމަކުން ނުވަތަ ޢިނާޔަތަކުން އެފަދަ ފަރާތްތައް މަޙްރޫމްވިޔަ ނުދިނުމަކީ ރައީސްގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކުރައްވައި، އެ މަސައްކަތްތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވައި އިރުޝާދު ދެއްވާކަމަށްޓަކައި އެމަނިކުފާނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ދަންނަވާލެވުނު ދަޢުވަތު ޤަބޫލުފުޅުކުރައްވައި، އަދި ވަރަށް ބުރަކޮށް އުޅުއްވަމުންވެސް ވަގުތު ހުސްކުރައްވައިގެން މި ޙަފްލާއަށް ވަޑައިގެންދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް މިނިސްޓަރު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. އަދި އެކަމަނާގެ ހާޟިރުވުމުން ދޭހަވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަމަނާގެ ހިތްޕުޅުގައިވާ ޚާއްޞަ ޝައުޤުވެރިކަމާއި ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ވިދާޅުވިއެވެ.
ރިވެލި އެވޯޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޤީލާ ފާހަގަކުރެއްވީ، މިއީ ހަމައެކަނި ޝަރަފަކަށްވުރެ ފުން މާނައެއް އެކުލެވިގެންވާ އެވޯޑެއް ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރު ދިނުމުގެ އިތުރުން، އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް މި އެވޯޑުގެ ދައުރު ނުހަނު ބޮޑުކަމަށް ވިދާޅުވިއެވެ.
މި އަހަރުގެ އެވޯޑަށް ކުރިމަތިލެއްވި ފަރާތްތަކުގެ ހުނަރުވެރިކަން ފާހަގަކުރައްވައި، އެވޯޑު ޙާޞިލްކުރެއްވި އެންމެހާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ފަހަތުގައި ތިއްބެވި ޢާއިލާތަކާއި އެހީތެރިންނަށް މިނިސްޓަރު މަރުޙަބާ ދެންނެވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގައި ދައުލަތުގެ އިދާރާތަކާއި، ކުންފުނިތަކާއި ޖަމްޢިއްޔާތަކުން ކުރައްވާ މަސައްކަތްތަކަށާއި، ދެފުށް ފެންނަ އިންސާފުވެރި އުޞޫލުތަކަކުން އެވޯޑު އިންސާފުކޮށްދެއްވި ފަނޑިޔާރުންގެ ކޮމިޓީގެ މެންބަރުންނަށްވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި މުޖުތަމަޢަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެހާ ފަރާތްތައް ޝާމިލުކުރަނިވި، އަދި އެ ފަރާތްތަކަށް މިއަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު