އާސަންދަ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އަމިއްލަ ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، 1 ޖެނުއަރީ 2027 އިން ފެށިގެން އަމަލުކުރަން ފަށާ މި އުސޫލުގެ ދަށުން ކޯ-ޕޭމަންޓް ނެގޭނީ އާސަންދައިގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތްދޭ ތަންތަނުންނެވެ.
މި ބަދަލު އައިނަމަވެސް ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާ އެއްވެސް ފަރާތެއްގެ އަތުން ކޯ-ޕޭމަންޓެއް ނުނަގާނެއެވެ.
އަދި ސަރުކާރުގެ ފެސިލިޓީތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައިވެސް އެއްވެސް އިތުރު ފީއަކާ ނުލައި ފުރިހަމައަށް އާސަންދަ ލިބޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، ގައުމަށް ބޭނުންތެރި ފަންނީ ދާއިރާތަކުގެ މީހުން ހިފެހެއްޓުމުގެ ގޮތުން ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ މުވައްޒަފުން، އަދި އިންޖިނިއަރުންނާއި ސައިންސް ދާއިރާތަކުގެ ފަންނުވެރިން ވަނީ މި ކޯ-ޕޭމަންޓް ދެއްކުމުން އިސްތިސްނާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވި މި އިސްލާހީ ފިޔަވަޅުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ. ސަރުކާރުން މަސައްކަތް ކުރަނީ ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އަސާސީ ކަންކަމަށާއި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު