ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ސޯނިއާ ގާނދީ ދާދިފަހުން ނެރުއްވި ހަނދާނީ ފޮތް، "ބިލޯންގިން: އޭ ޖާނީ އޮފް ލަވް" ގައި ހިންދޫތުވާ ފިކުރުގެ ބާނީ ވިނާޔަކް ދާމޯދަރު ސަވަރްކަރާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ބަޔާންކުރައްވާފައިވާ ކަމަށް ބުނެ، ސަވަރްކަރުގެ އާއިލާއިން އެކަމަނާއަށް ގާނޫނީ އިންޒާރު ފޮނުވައިފިއެވެ.
ސަވަރްކަރުގެ އާއިލާގެ ފަރާތުން އޭނާގެ ކާފަދަރިއެއްގެ ދަރިފުޅު ކަމަށްވާ ސަތްޔަކީ ސަވަރްކަރު، ވަކީލު ސަންގްރާމް ކޮލްހަޓްކަރު މެދުވެރިކޮށް ފޮނުވި މި އިންޒާރުގައި ވަނީ، ސަވަރްކަރުގެ އަސްލު އޮޅޭގޮތަށް ފޮތުގައި ލިޔެފައިވާ ވާހަކަތަކަށް އެއްވެސް ޝަރުތަކާ ނުލައި މާފަށް އެދުމަށާއި، އާންމުކޮށް ކަން ހިނގި ގޮތް ސާފުކޮށްދިނުމުގެ އިތުރުން ފޮތަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ގޮވާލާފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އެ ފޮތުގެ 201 ވަނަ ސަފުހާ އަދި 443 ވަނަ ސަފުހާގައި ހިމަނާފައިވާ ދެ ލިޔުމަކާ ގުޅިގެންނެވެ. އެގޮތުން، 201 ވަނަ ސަފުހާގައި އިނގިރޭސި އިސްތިއުމާރީ ބާރުތަކަށް ވާގިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓުގައި ސަވަރްކަރުގެ ނަން ހިމަނާފައިވުމަކީ، އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ފަރާތްތަކާ ދެކޮޅަށް އޭނާ އިނގިރޭސިންނަށް އެއްބާރުލުން ދިން ކަމުގެ ކުށްހީއެއް އުފެދޭ ކަމެއް ކަމަށް އިންޒާރުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، 443 ވަނަ ސަފުހާގައި ސަވަރްކަރުގެ ފިކުރަކީ ހިންދޫންގެ މަތިވެރިކަން ދައްކުވައިދޭ ހަރުކަށި ފިކުރެއްގެ ގޮތުގައި ސިފަކޮށްފައިވުމަކީ، އޭނާގެ ސިޔާސީ އަދި އިލްމީ ފަލްސަފާ ވަކި ދިމާއަކަށް ހަނިކޮށްލުން ކަމަށް ސަތްޔަކީ ބުނެފައިވެއެވެ.
އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސޯނިއާ ގާނދީ އެ ފޮތުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ސައްހަ ތާރީޚީ ހެކި ދައްކަވަން ޖެހޭނެއެވެ. އަދި ހެކި ނުދެއްކޭނަމަ އެއީ ކުށް މައުލޫމާތެއްކަން އިއުތިރާފުވެ، ފޮތް ޝާއިޢުކުރި 'ހާޕަރކޮލިންސް ޕަބްލިޝާސް' އިން ކުރިއަށް އޮތް އެޑިޝަންތަކުންނާއި އީ-ބުކްތަކުން އެ ބައިތައް އުނިކުރަންޖެހޭނެއެވެ.
މި ކަންކަން އިސްލާހުކުރުމަށް ސޯނިއާ ގާނދީއަށް 15 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ފިޔަވަޅު ނާޅައިފިނަމަ ކޯޓު މެދުވެރިކޮށް އަބުރުގެ ދައުވާ އުފުލާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
މި އިންޒާރުގައި، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ވެރިކަމުގައި ސަވަރްކަރުގެ ޝަރަފުގައި ސްޓޭމްޕެއް ނެރުމާއި، އޭނާގެ ހަނދާނީ ބިނާއަށް އިންދިރާ ގާނދީ އަމިއްލަފުޅަށް މާލީ އެހީތެރިކަން ދެއްވިކަން ފަދަ ތާރީޚީ ކަންކަން ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މި ފޮތް ހާޕަރކޮލިންސް އިން ބާޒާރަށް ނެރެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު