އިނގިރޭސިވިލާތުގެ އޭވިއޭޝަން މަޖައްލާއެއް ކަމަށްވާ "ފްލައިޓްގްލޯބަލް" އިން ނެރުނު ރިޕޯޓެއްގައި، އިންޑިއާގެ ވައިގެ ސިފައިންގެ ފްލީޓުގައި މިހާރު ހަރަކާތްތެރިވަނީ 36 ރަފާލް ޖެޓުގެ ތެރެއިން 32 ޖެޓް ކަމަށް ބަޔާންކުރުމާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
މި ރިޕޯޓާ ގުޅިގެން ގިނަ ބަޔަކު ލަފާކުރަނީ، މޭ 2025 ގައި ޕާކިސްތާނާ ދެކޮޅަށް ހިންގި "އޮޕަރޭޝަން ސިންދޫރު" ކުރިމަތިލުމުގައި ހަތަރު ޖެޓް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް، އިންޑިއަން އެއާފޯސްގެ ކުރީގެ ވައިސް ޗީފް މި ވާހަކަތައް މުޅިން ދޮގުކުރައްވައި، މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
މި މައްސަލަ ހޫނުވެފައިވަނީ އިންޑިއާއިން ހޯދި 36 ރަފާލް ޖެޓުގެ ތެރެއިން މިހާރު ޚިދުމަތުގައި ހުރީ 32 ޖެޓް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވުމުންނެވެ. އެހެންނަމަވެސް، އައިއޭއެފްގެ ކުރީގެ ވައިސް ޗީފް އެއާ މާޝަލް ނަރްމަދޭޝްވަރު ތިވާރީ (ރިޓަޔާޑް) ވިދާޅުވީ، ވައްޓާލާފައިވާ ކަމަށް ބުނެ ނަންބަރުތައް ހާމަކުރި ޖެޓްތައް، އޭގެ ފަހުން ވެސް އަސްކަރީ ތަމްރީނުތަކާއި ބައިނަލްއަގުވާމީ ހަރަކާތްތަކުން ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޖޫން 2026 ގައި އިންޑިއާގެ ވައިގެ ސިފައިން އާންމުކުރި ބީލަމެއްގައި، އެ ގައުމުގެ ހުރިހާ 36 ރަފާލް ޖެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ އެހީތެރިކަމަށް އެދިފައިވާކަން ވަނީ ހާމަވެފައެވެ. މިއާއެކު،
ފްލައިޓްގްލޯބަލް އިން 32 ޖެޓް ހުރި ކަމަށް ބަޔާންކުރި ސަބަބާމެދު ވަނީ އިތުރަށް ސުވާލު އުފެދިފައެވެ.
އިންޑިއާއިން ފްރާންސުން ގަނެފައިވަނީ އެއް ސީޓުގެ 28 ޖެޓާއި، ދެ ސީޓުގެ 8 ޖެޓެވެ. އޮޕަރޭޝަން ސިންދޫރުގެ ތެރޭގައި އިންޑިއާގެ ބައެއް އަސްކަރީ މަތިންދާބޯޓުތައް، އޭގެ ތެރޭގައި ރަފާލް ޖެޓްތައް ވެސް ހިމެނޭހެން ވައްޓާލި ކަމަށް ޕާކިސްތާނުން ދައުވާކުރި ނަމަވެސް، އިންޑިއާއިން އެކަން އަބަދުވެސް އަންނަނީ ދޮގުކުރަމުންނެވެ.
މި ބަހުސް އަލުން ފެންމަތިވެފައި މިވަނީ، އިންޑިއާއިން އިތުރު 114 ރަފާލް ޖެޓް ހޯދުމަށް ވިސްނަމުންދާ ދަނޑިވަޅެއްގައެވެ.
މިހާތަނަށް ބަލާއިރު، ހަތަރު ރަފާލް ޖެޓް މަދުވެފައިވާ ކަމަށް ބުނާ ބުނުމަށް މިނިވަން އެއްވެސް ފަރާތަކުން ބާރުދޭ ހެއްކެއް ފެންނާކަށް ނެތެވެ. އެހެންކަމުން މިއީ ހަގީގަތުގައި ވެސް ޖެޓްތަކެއް މަދުވުމުގެ މައްސަލައެއްތޯ، ނުވަތަ ނުރަނގަޅު މައުލޫމާތެއްގެ ސަބަބުން އުފެދިގެން އުޅޭ ކަންބޮޑުވުމެއްތޯ އަދިވެސް ސާފުވާން އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު