އިންޑިއާގެ ބިހާރު ސްޓޭޓްގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު އަނަންތު ސިންގްގެ ދަރިކަނބަލުންގެ ކައިވެނީގެ ޙަފްލާއަށް 400،000 މީހުންނަށް ދަޢުވަތު ދިނުމަށް ރާވާފައިވާތީ، އެ ސްޓޭޓް ގައި ސިޔާސީ ބޮޑު ބަހުސެއް އުފެދިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އަދި މި ޙަފްލާގެ ބޮޑުމިނާއި ފުރިހަމަކަމާ ގުޅިގެން، މަހުޖަނު މުކޭޝް އަމްބާނީގެ ދަރިކަލުން އަނަންތު އަމްބާނީގެ ކައިވެނީގެ ޙަފްލާއާ ވެސް އަޅާކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
ނަދަވާން އަވަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކުލަގަދަ ޙަފްލާގައި، ތާޖް މަހަލްގެ ސިފައިގައި ހަދާފައިވާ ޚާއްޞަ ޓެންޓަކާއި، އަސްރޭސް މުބާރާތްތަކުގެ އިތުރުން ފުރިހަމަ ޒީނަތްތެރިކުރުންތަކެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 4 ލައްކަ އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވާތީ، މިއީ ބިހާރުގެ ސިޔާސީ އާއިލާއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް ޙަފްލާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އަނަންތު އަމްބާނީގެ ކައިވެނީގެ ޙަފްލާއިން އަމްބާނީ އާއިލާގެ މުއްސަނދިކަމާއި ދުނިޔޭގެ ފެންވަރުގެ ނުފޫޒު ދައްކުވައިދިން ނަމަވެސް، އަނަންތު ސިންގްގެ މި ޙަފްލާއަށް މީހުންގެ ސަމާލުކަން މައިގަނޑު ގޮތެއްގައި ލިބިފައިވަނީ
ދަޢުވަތު ދީފައިވާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވުމާއި، މި ޙަފްލާއަށް ޚަރަދުކުރާ ފައިސާގެ މަޞްދަރާ މެދު އުފެދިފައިވާ ސުވާލުތަކުގެ ސަބަބުންނެވެ. އިދިކޮޅު އާރްޖޭޑީ ޕާޓީން ވަނީ މި ޙަފްލާއަށް ޚަރަދުކުރާ ފައިސާއާމެދު ސުވާލު އުފައްދައި، އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) އަދި އިންކަމް ޓެކްސް ޑިޕާޓްމަންޓުން މި މައްސަލަ ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އަނަންތު ސިންގް ވިދާޅުވެފައިވަނީ، މި އިންތިޒާމުތަކަކީ އޭނާގެ ރަޙްމަތްތެރިންނާއި ސަޕޯޓަރުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ކަންކަން ކަމަށެވެ.
މި ކައިވެނީގެ ކަންކަން މިގޮތަށް ކުރިއަށްދާއިރު، އަނަންތު ސިންގްގެ މައްޗަށް މީހަކު މެރުމުގެ މައްސަލައަކާ ގުޅިގެން ޤާނޫނީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން ކޯޓަށް ހާޒިރުވެ ޙަވާލުވުމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވެއެވެ. އާއިލީ އުފާވެރި ޙަފްލާއެއްގެ ގޮތުގައި ފެށުނު މި ކަންތައް މިހާރު ވަނީ އިންޑިއާގެ ސިޔާސީ މަސްރަޙުގައި ބޮޑު ބަހުސަކަށް ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު