ފޮޓޯ: ސްޓެލްކޯ
ފޮޓޯ: ސްޓެލްކޯ
މާލޭން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން، މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ކަރަންޓު ކެނޑުމުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެއަކުން ކަރަންޓު ކެނޑެއެވެ. އާންމު ގޮތެއްގައި އެފަދަ މައްސަލަތައް ދިމާވާތާ މާ ގިނަ ވަގުތެއް ނުވެ، ޚިދުމަތް އަލުން ފޯރުކޮށްދެއެވެ.

އެގޮތުން ސްޓެލްކޯއިން ވަނީ މާލޭން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ބުނެފައެވެ.

މާލޭން ކަރަންޓު ކެނޑެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މަގު ހެދުން ފަދަ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ބުރިވުން ފަދަ މައްސަލަތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް