ރަށްރަށުގައި ދެމުންދާ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ވަށަފަރުގެ އިންޖީނުގެއާއި ފެންޕްލާންޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު މިއަދު ބައްލަވާލައްވައިފިއެވެ.
ޑރ. އަލީ އަޒުވަރު އަދި އެ ކުންފުނީގެ އިސްވެރިންގެ ޓީމަކުން ވަށަފަރަށް ޒިޔާރަތްކުރެއްވީ، ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި، މި ދަތުރުފުޅުގައި އެމްޑީ އަޒުވަރު ވަނީ އެ ރަށުގެ ސްޓެލްކޯ އޮފީހަށާއި އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ ހާލަތު ވަރަށް ގާތުން ބައްލަވާލައްވާފައެވެ. އަދި ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މުވައްޒަފުންނާ މަޝްވަރާކުރައްވާފައިވެއެވެ.
ރާއްޖޭގެ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ކަރަންޓާއި ފެނުގެ ޚިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ލިބިދިނުމަށްޓަކައި، އެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސްގެ މި ނިންމެވުމާ އެއްގޮތަށް، ފެނަކައިން ޚިދުމަތް ދެމުންދިޔަ ހުރިހާ ރަށެއްގެ އޮޕަރޭޝަންތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި، ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތެއް ޔަގީންކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު