ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ޓެކްސީ ފްލީޓްގެ ހިދުމަތް ފަށަން ނިންމުމުން ޓެކްސީ ޑްރައިވަރުން ނުރުހުން ފާޅުކުރިނަމަވެސް އެކަމަށް އާންމުންގެ ތާއިދު ބޮޑުކަން ހާމަވެއްޖެ އެވެ.
ޓެކްސީ ފްލީޓްގެ ހިދުމަތް އިފްތިތާހުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެކަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއީ ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެއަށް ވަނުން ނޫން ކަމަށެވެ. އަދި މިއީ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ހިދުމަތެއް ކަމަށް ސަރުކާރުން ބުންޏެވެ.
ސަރުކާރުން ފެށި ހިދުމަތާ ގުޅޭ ގޮތުން އާންމުން ވެސް އެކްސްގައި ވަނީ މިއީ ބަރާބަރު ހިދުމަތެއް ކަމަށް ބުނެފައެވެ.
"ސަރުކާރާ މަވެސް ދެކޮޅު. އެކަމު މި މުއިއްޒު ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމަކީ ވަރަށް ރަނގަޅަށް ކުރި ކަމެއް. އެންމެހާ ރައްޔިތުން އެކަން ގަބޫލު ކުރާނެ. ބްރޯމެން [ޓެކްސީ ޑްރައިވަރުން] ބޭނުންހާ އަގަކަށް ދަތުރެއް ނުކުރެވޭނެ ދެނެއް. ދެން ހަމަ ޖެހިލާފަ ހުރޭ،" އަބްދުﷲ ކިޔާ މީހަކު އެކްސްގައި ބުނެފައި ވެއެވެ.
ފާއިތުވި ދުވަސް ތަކުގައި އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ޓެކްސީ ލިބުމުގައި ތަކުލީފު އުފުލަންޖެހޭ މައްސަލައެވެ. ގިނަ އާންމުން ބުނާގޮތުން ޓެކްސީތަކުން ބޮޑަށް ބޭނުންވަނީ މާލެއިން ހުޅުމާލެއަށް ނޫނީ އެއާޕޯޓަށް ދަތުރުކުރުމަށެވެ. މާލެ ތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބޭ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ ސަރުކާރުން ޓެކްސީ ހިދުމަތަށް ނުކުތުން ކޮންމެހެންވެސް މުހިންމުކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމުގައި ސަރުކާރު ދިފާއުކޮށްފަ އެވެ.
"ކަލޭމެން ޓެކްސީ ޑްރައިވަރުން ބޭނުންވާތަނަކަށް ދަތުރުނަގަންވީ. ބޭނުން އަގެއްކިޔަނީ. ޓެކްސީއަށް އަރާ މީހާ ބުނާތާކަށް ނޫން ބާލަނީ. ސަރުކާރުން ޓެކްސީ ފަށަން މާ ލަސްވެސްވެއްޖެ،" އެކްްސްގައި ޝުއޫރު ފާޅުކުރި މީހަކު ބުނެފައި ވެއެވެ.
އެކްސްގައި ބައެއް މީހުން އިތުރަށް ބުނި ގޮތުގައި ސަރުކާރުން ޓެކްސީ ހިދުމަތަށް ނުކުތުމުން ޓެކްސީގެ ހިދުމަތް އަގުހެޔޮވުމުން އޭގެ ފައިދާ ކުރާނީވެސް ހަމަ ރައްޔިތުންނަށް ކަމަށެވެ.
އެމްޓީސީސީ ޓެކްސީ ފްލީޓްގެ ހިދުމަތް ދޭން ނިންމާފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ނެވެ. އެއާއެކު ޓެކްސީގެ ހިދުމަތަށް އެދޭތާ މިނެޓެއް ތެރޭ ހިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު