ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކާއި ބްރިޖުމަތީގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ބްރިޖުމަތީގައި ބޮޑެތި އުޅަނދު ނުވަތަ ހެވީ ވެހިކަލްތައް ދުއްވާ ގަޑިތަކަށް މުހިންމު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ފާސްވުމާ ގުޅިގެން މާލެ ސަރަހައްދަކީ ރަޖިސްޓްރޭޝަން ކޮންޓްރޯލް ކުރެވިފައިވާ ޒޯނެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށްޓަކައި އަލަށް އުފެއްދި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) ގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެ އޮފީސް ހިންގުމަށް ސީއީއޯއަކު ހަމަޖައްސައި، ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެ އޮފީހަށް ލަފާއެރުވުމަށް އެކުލަވާލާފައިވާ ވަޒީރުންގެ ފެންވަރުގެ "ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް" ގެ ފުރަތަމަ ބައްދަލުވުން މިހާރު ވަނީ ބާއްވާފައެވެ. އަދި މި ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. އެ އިރުޝާދުތަކާ އެއްގޮތަށް، މާލޭގެ ހަތަރު މަގެއްގެ ޕާކިންގ އަލުން ޑިޒައިން ކުރުމުގެ އަމަލީ މަސައްކަތް ޖީއެމްޓީއެމްއޯ އިން ފަށާފައިވާއިރު، މި ބަދަލުތައް ގެންނާނީ އެ މަގުތަކުގައި ދިރިއުޅޭ ރައްޔިތުންނާ މަޝްވަރާކޮށް، އެފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހާއްސަކޮށް، އޮފީސްތަކާއި ސްކޫލްތައް ފަށާ އަދި ނިމޭ ގަޑިތަކުގައި މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖުމަތީގައި އޮންނަ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، އެ ވަގުތުތަކުގައި ހެވީ ވެހިކަލްތައް ބްރިޖުމަތީގައި ދުއްވުން މަނާކުރާ ގޮތަށް ގަޑިތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި މި ނިންމުން ނިންމާނީ ވިޔަފާރިތަކަށާއި، ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތަކަށް ދަތިނުވާނޭ ފަދަ ލުއިފަސޭހަ އިންތިޒާމުތަކަކާ އެކު، ކަމާގުޅޭ ކުންފުނިތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައެވެ.
މި އައު އުސޫލުތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ އެންމެ ފަހުގެ މަރުހަލާތައް މިހާރު ކުރިއަށްދާއިރު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި މި އައު ޕޮލިސީ ޝާއިއުކޮށް، އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު