ފުލުހުންގެ ހިދުމަތުން ހާމަކޮށްފައި ވާގޮތުގައި، މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދަށެވެ.
މިގޮތުން، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދާއި، ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުމުގެ ރަސްމިއްޔާތާ ގުޅިގެން، މާދަމާ ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތުތައް ނިމެންދެން އިސްލާމީ މަރުކަޒާއި ޝަހީދުންގެ ބިނާ ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
⚠️ ނަސްރުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމާ ގުޅޭ
— Maldives Police (@PoliceMv) November 2, 2026
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން، 2026 ނޮވެމްބަރު 3 ވާ އަންގާރަ ދުވަހު ޖުމްހޫރީ މައިދާނާއި ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި ކަނޑުގެ ސަރަހައްދު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަގުތަކާއި ފަޅު ބަންދުކުރެވޭ ވަގުތުތައް:
• ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރުން.
• ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުން: ފަތިހު 04:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުކުރުން.
• މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުކުރުން.
• ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުކުރުން.
މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދެމެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
މީގެ އިތުރުން، މާދަމާ މެންދުރުފަހު 13:30 އިން ފެށިގެން މިލިޓަރީ ޑިސްޕްލޭގެ ހަރަކާތްތައް ނިމެންދެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ހަވީރު 18:30 އިން ފެށިގެން ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ނިމެންދެން ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅުވެސް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ބަދަލުތަކުގެ ސަބަބުން އެއްގަމާއި ކަނޑުމަގުން ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ގައުމީ މުހިންމު ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް އެ އިދާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު