ދިވެހިރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރަކީ މިދިޔަ އަހަރުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއިން ރޭ ކުރިޔަށް ގެންދިޔަ އަހާ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 101.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި އެހާ ގިނަ އަދަދަކަށް ޒަކާތުގެ ފައިސާ ލިބުމުން އޭގެ ނަތީޖާ ވަރަށްވެސް ހެޔޮކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ގާނޫނީ ރައްކާތެރިކަމެއް ހޯދުމަށް ޒަކާތުން ލިބޭ ފައިސާ ހަރަދުކުރާނެ ގޮތުގެ ގާނޫނެއް މިހާރު ބޭނުންވާކަމަށެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މުވައްސަސާތަކުގެ އަގު ވައްޓާލަން އެކި ވާހަކަތައް މީހުން ދައްކާ ކަމަށެވެ. އެކަމަކު ރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއި އެކުގައި ހިންގާ އެއް މުވައްސަސާއަކީ ޒަކާތާއި ބެހޭ އިދާރާ ކަމާއި މެދުގައި ޝައްކު ނުކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން