މަރްޔަމް ނަހްދާ ވަޙީދު   16 ފެބްރުއަރީ 2025 - 18:57
ނާއިބް ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް- ފޮޓޯ: ރައިސް އޮފީސް
ނާއިބް ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް- ފޮޓޯ: ރައިސް އޮފީސް
"ވޯލްޑް ގަވަމެންޓު ސަމިޓު 2025" ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނާއިބް ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ނާއިބް ރައީސް ވަނީ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025 ގެ ޕްލިނަރީ ސެޝަނާއި ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގައި ބައިވެރިވެވަޑައިގެންފައެވެ.

އަދި ސަމިޓުގެ ހަވާސާގައި ބޭއްވި ދަ ގަވަމަންޓްސް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމާއި ކްލައިމެޓް ޗޭންޖް ފޯރަމްގައި ވެސް ނާއިބް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނާއިބް ރައީސް ވަނީ މި ސަމިޓުގެ ހަވާސާގައި ކުރިއަށްދިޔަ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވާފައެވެ.

އެގޮތުން މި ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށެވެ.

އަދި ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

މި ފޯރަމުގައި ނާއިބް ރައީސްގެ އަރިހުގައި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހަރ އެކްސެލެންސީ އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރަގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހިޒް އެކްސެލެންސީ މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މި ދަތުރުގައި ނާއިބް ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން