ބޭނުން ނުކޮށް ގިނަ ދުވަސްވަންދެން މަގުތަކަށް ދޫކޮށްލާފައި ހުރި 468 އުޅަނދު ފުލުހުން ނަގައިފިއެވެ.
މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެފަދަ އުޅަނދުތައް މަގުތަކުން ނެގުމުގެ މަސައްކަތް ފުލުހުން ގެންދިޔައީ ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ އިއްޔެއާ ހަަމައަށް ޖުމުލަ 468 އުޅަނދު ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 432 އުޅަނދާއި ހަތަރު ފުރޮޅުލީ 33 އުޅަދު އަދި ތިން ބައިސްކަލު ކަމަށް ވެސް ބުންޏެވެ.
ވެރިރަށް މާލޭގައި އެއްގަމު އުޅަނދު ގިނަވެ ޕާކުކުރާނެ ތަނެއް ނެތުމުގެ މައްސަލަ އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރާކަމަށްވެއެވެ. މަގުތަކުގެ ތަރުތީބު ގެއްލުމުގައި ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާފައި ހުންނަ އުޅަނދުތަކުގެ ދައުރު ބޮޑެވެ. ގިނަ ފަހަރަށް މި ގޮތަށް އުޅަނދުތައް ދޫކޮށްލަނީ ވަރަށް ބޮޑަށް ހަލާކުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު