ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންތިހާބުވިއިރު ހުރި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ހުށައެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލަފާ ކުރެއްވޭ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށެވެ. ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލު ކުރާ ނަމަ، ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށެވެ.

އޭގެ ފަހުގައި ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލޭ ހަމަ ބަދަލު ކުރުން އެއީ ބަދަލެއްތޯ ނުވަތަ އިސްލާހެއްތޯ ސުވާލު އުފެދޭ ކަމަށެވެ. މިކަން މާނަކޮށްދިނުން އެއީ ސުޕްރީމް ކޯޓުގެ ވާޖިބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސުޕްރީމް ކޯޓަށް ލިބިދީފައި އޮންނަނީ ގާނޫނު އަސާސީ މާނަ ކުރުމުގެ ބާރު ކަން ވެސް ނަޝީދުގެ ނުރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށައެޅި މައްސަލައިގައި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވި ބަންޑާރަ ނައިބު އޮފީހުގެ ވަކީލު ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް އެކޯޓަށް ލިބިގެން ނުވާ ކަމަށް ބުނެ އެގޮތަށް ނިންމައި ދިނުމަށް އެދިފައެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުން އިއްޔެ ވަނީ އެމައްސަލަ ބެލުމުގެ އިހުތިސާސް އެކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން