ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު މުސްތަފާ ހަމަޖައްސައިފިއެވެ.

އަމްޖަދު މުސްތަފާއަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ކަމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ފަސް އަހަރުގެ މުއްދަތަށް ހަމަޖައްސާ މި މަގާމަކީ ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މުވައްޒަފެވެ. އޭނާގެ މުސާރައިގެ ގޮތުގައި 47،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ޑީޖޭއޭ އިން ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ. އެއީ އޭރު އެ މަގާމުގައި ހުންނެވި އައިޝަތު ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފެށުމުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން