ކަނޑުބޯޓެއްގެ ފަޅުވެރިއެއްގެ ހާލު ސީރިއަސްވެގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީގެ ދެކުނުން 245 ނޯޓިކަލް ބޭރުން ދަތުރުކުރަމުންދިޔަ "އެމްވީ އަލްފާ އީތޯސް" ބޯޓުގެ ފަޅުވެރިއެއްގެ ސިއްހީ ހާލަތު ގޯސްވެގެން އުޅޭކަމުގެ ރިޕޯޓެއް އިއްޔެ ލިބުނުކަމަށެވެ.

އަދި އެ ރިޕޯޓާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެމްއެންޑީއެފުން އޭނާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އޭނާއަކީ އުމުރުން 31 އަހަރުގެ ފިރިހެނެއްކަމަށެވެ. ނަމަވެސް އެ ނޫން މައުލޫމާތެއް އެމްއެންއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން