މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަަމުންދާ ދުނިޔޭގެ އިޖުތިމާއީ އަދާލަތު ދުވަހާއި ގުޅިގެން ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ދިވެހި ދަޢުލަތުގެ އަޒުމަކީ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު އެކަށީގެންވާ ގޮތުގައި ތަންފީޒުކުރުމުގެ ތެރެއިން މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއެކު ދިވެހިރާއްޖޭގެ ޒުވާނުންގެ ހުނަރާއި ޤާބިލުކަން ޒަމާނާއި އެއްވަރަށް ތަރައްޤީކުރުން ކަމަށެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިޖުތިމާޢީ އަދާލަތު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މި ދުވަހާ ގުޅިގެން ވަޒީރު ވިދާޅުވީ އިޖްތިމާޢީ ޢަދުލަކީ ހަމައެކަނި ޚިޔާލެއް ނޫންކަމަށާއި، އެއީ ސުލްޙަވެރި ފާގަތި ޤައުމެއްގެ އަސާސްކަމަށެވެ.

އެމަނިކުފާނު ވަނީ އެކުވެރިކަމާއެކު މަސައްކަތްކޮއްގެން، އިންސާފާއި، ހަމަހަމަކަމާއި، އަބުރުވެރިކަން ކޮންމެ މީހަކަށްވެސް ލިބިދެވޭނެ ރާއްޖެއަކާއި ދުނިޔެއެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން