މާލޭގެ އެކި ސަރަހައްދުތަކުން ބަލިވެފައިވާ ކޮތަރުތަކާއި މަރުވެފައިވާ ކޮތަރު ފެންނަ ލެއް އިތުރުވަމުންދާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ފަށައިފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނެފައިވަނީ މާލޭގެ އެކި ހިސާބުތަކުގައި ބަލިވެފައިވާ ކޮތަރުތަކާއި މަރުވެފައިވާ ކޮތަރުތައް ފެންނަ ވަރު އިތުރުވަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެކަން ދިމާވި ސަބަބުތައް ދެނެގަަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މިކަން މިހެން މެދުވެރިވާ ސަބަބުތައް ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ ތަފްސީލު އާންމު ކުރާނެ ކަމަށެވެ.
މިއަދު މިނިސްޓްރީން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބަލިޖެހިފައިވާ ބައެއް ކޮތަރުތަކުގެ އަނގަ ކައިރި ވަނީ ފާރު ވެފައެވެ. އަދި އެޗްޕީއޭއިން ކޮތަރުތަކުން ސާމްޕަލް ނަގާތަންވެސް ފޮޓޯތަކުން ފެނެއެވެ.
މާލޭގައި އާންމު ގޮތެއްގައި ކޮތަރު އެންމެ ގިނައިން ފެންނަ ދެ ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދެވެ. މި ސަރަހައްދުތަކުގައި އުޅޭ ކޮތަރުތަކަށް ކާން ދިނުމަށް ގިނަ އަދަދަކަށް މީހުން ޒިޔާރަތް ކުރެއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، މި ވުޒާރާގެ ސަމާލުކަމަށް އައުމާގުޅިގެން، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މި ވުޒާރާއިން ފަށާފައިވާ ވާހަކަ ދަންނަވަމެވެ. އަދި ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް… pic.twitter.com/340LyUZDJ8
— Ministry of Agriculture and Animal Welfare (@MAAWmv) February 20, 2025
މިއަދު މިނިސްޓްރީން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބަލިޖެހިފައިވާ ބައެއް ކޮތަރުތަކުގެ އަނގަ ކައިރި ވަނީ ފާރު ވެފައެވެ. އަދި އެޗްޕީއޭއިން ކޮތަރުތަކުން ސާމްޕަލް ނަގާތަންވެސް ފޮޓޯތަކުން ފެނެއެވެ.
މާލޭގައި އާންމު ގޮތެއްގައި ކޮތަރު އެންމެ ގިނައިން ފެންނަ ދެ ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދެވެ. މި ސަރަހައްދުތަކުގައި އުޅޭ ކޮތަރުތަކަށް ކާން ދިނުމަށް ގިނަ އަދަދަކަށް މީހުން ޒިޔާރަތް ކުރެއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު